03 Nov 2017, 08:06
ހެނދުނުގެ ނާސްތާ އަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމެވެ. ހެނދުނު ރަނގަޅަށް ނާސްތާކޮށްގެން ދުވަސް ފަށަން ސިއްހީ މާހިރުންނާ ޑައިޓީޝަނުން ލަފާދެއްވައެވެ. ނަމަވެސް ދުވަހުގެ މަސައްކަތް ހުންނަ ގޮތުން ހެނދުނުގެ ސަޔަށް ފަރުވާކުޑަކުރާ މީހުންވެސް އުޅެއެވެ.
ހެނދުނުގެ ސައި ގަޑީގައި އެންމެ މުހިއްމު ކަންދޭންވީ ދުވަހުގެ މަސައްކަތުގައި އުޅޭއިރު ހަށިގަނޑުގައި ވަރުޖެހޭކަހަލަ، ހަށިގަނޑަށް ފައިދާހުރި ކަނާއެކުމަށެވެ. މި ގަޑީގައި ކޮންމެހެން ވެސް ދޫކޮށްލަން ޖެހޭ ބައެއް ބުއިންތައް އެބަހުއްޓެވެ.
ހައި ފެޓް ޔޯގަޓް:ޔޯގަޓް އާންމުވެފައި ވަނީ ހަށިގަނޑަށް ފައިދާ ހުރި ގިނަ އަދަދަލަށް ޕްރޮޓީންސް އެކުލެވޭ އެއްޗެއްގެ ގޮތުގަ އެވެ. ނަމަވެސް ބައެއް ކަހަލަ ޔޯގަޓްގައި 200 އަށް ވުރެ ގިނަ ކެލޮރީސް އެކުލެވެއެވެ. ސިއްހީ މާހިރުން ލަފާ ދެއްވަނީ ހެނދުނު ނާސްތާއަށް ޔޯގަޓް ބޭނުންކުރާނަމަ ގްރީކް ޔޯގަޓް ބޭނުން ކުރުމަށެވެ.
ބަނާނާ މިލްކްޝޭކް:ދޮންކޭލަކީ މެގްނީސިއަމް އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެެވެ. ނަމަވެސް ދޮންކެޔޮ މިލްކްޝޭކް އަކީ އެއްވެސް ވަރަކަށް ހެނދުނުގެ ނާސްތާގައި ހިމެނުން ރަނގަޅު އެއްޗެއްނޫނެވެ. 100 ކެލޮރީއަށްވުރެ ގިނަ ކެލޮރީ އޭގައި އެކުލެވެއެވެ.
ޗޮކްލެޓް މިލްކް: ޗޮކްލެޓް މިލްކް އަކީ އާންމުކޮށް ހެނދުނުގަޑީގައި ނާސްތަގައި ބޭނުންކުރާ އެއްޗެކެވެ. ރަހަ މީރު ނަމަވެސް މިއީ ގިނަ އަދަދަކަށް ކެލޮރީ އެކުލެވޭ ބުއިމެކެވެ.