02 Nov 2017, 12:19
އިސްލާމްއާބާދު (ނޮވެމްބަރު 2): ޕާކިސްތާނުގެ ފިރިހެނަކު އޭނާގެ އަނބިމީހާގެ ރުހުމާ ނުލައި ދެވަނަ އަންހެނަކާ ކައިވެނި ކުރުމާ ގުޅިގެން އެފިރިހެން މީހާ ހަ މަހަށް ޖަލަށް ލާން ލާހޯރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ޝާހުޒާދު ސާގިބުގެ އަނބިމީހާ އައިޝާ ބީބީ ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން އެނާގެ ފިރިމީހާ އެހެން އަންހެނަކާ ކައިވެނި ކުރީ އޭނާ ލިޔެފައިވާ ހުއްދައަކާ ނުލަ އެވެ. ވީމާ އެއީ ޕާކިސްތާނުގެ އާއިލާއާ ބެހޭ ގާނޫނާ ހިލާފު އަމަލެއް ކަމަށް އައިޝާ ފާހަގަ ކުރި އެވެ.
އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ އެހުކުމުގެ ސަބަބުން އެއް ފަހަރާ ދެ ކައިވެނި ކުރުން ޕާކިސްތާނުގައި މަދު ކުރެވޭނެ ކަމަށް ބުނެފަ އެވެ. އަދި އޭގެ ސަބަބުން އަންހެނުން ބާވުރުވެރިވެ، އައިޝާއަށް ދިމާވި ފަދަ މައްސަލަތައް ކުރިމަތިވެފައިވާ އަންހެނުން ކޯޓަށް ދިޔުމަށް ހިތްވަރު ލިބޭނެ ކަމަށް ބުނެފަ އެވެ.
ސާގިބް ހަ މަހަށް ޖަލަށްލުމުގެ އިތުރުން ކޯޓުން ވަނީ އޭނާ 1،900 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ސާގިބަށް ލިބޭނެ އެވެ. (ބީބީސީ)