ބޮލީވުޑްގެ 'ސުޕަސްޓާ' ޝާހްރުކްހާނާ އެކީ ކުޅެން ބޭނުންވަނީ މޮޅު ފިލްމެއް ކަމަށް 1994 ވަނަ އަހަރު މިސް ވޯލްޑް ހޯދައިފައިވާ ބޮލީވުޑްގެ ރާނީ އައިޝްވާރިޔާ ރާއީ ބުނެފިއެވެ.

އައިޝްވާރިޔާ ބުނީ ޝާހް އަކީ މިހާރު ބޮލީވުޑްގައި އެންމެ މޮޅު ފަންނާނުކަމަށާއި އޭނާއާ އެކީ ކުޅޭ ފިލްމެއް ވަރަށް 'ކޮލިޓީ' ވާން ޖެހޭނެކަމަށެވެ.

"އަހަރެން ބަލަނީ އަބަދުވެސް ފިލްމްގެ ސްކްރިޕްޓަށް. ފިލްމަކީ މޮޅު ފިލްމަކަށް ވާންޖެހޭނެ. ޝާހްރުކާ އެކު ފިލްމެއް ކުޅެން ބޭނުންވެފައި ސްކްރިޕްޓް ރަނގަޅިއްޔާ އެ ފިލްމެއް ކުޅެވޭނީ،" އޭނާ ބުންޏެވެ.

ދާދި ފަހުން އޭނާ ވަނީ ޝާހް އާ އެކީ ކުޅެލަން ލިބުނު ފިލްމެއް ދޫކޮށްލާފައެވެ. ފިލްމް ނުކުޅެން ނިންމި ސަބަބަކީ ފިލްމްގެ ސްކްރިޕްޓާ މެދު ހިތްހަމަ ނުޖެހޭތީކަމަށް އޭނާ ބުންޏެވެ.

އައިޝްވާރިޔާ އާއި ޝާހްރުކްގެ އެންމެ ކާމިޔާބު ފިލްމަކީ "ދޭވްދާސް" އެވެ. އޭގެ އިތުރުން ދެ ތަރިން އެކޮށް ކުޅެފައިވާ ފިލްމް "މޮހައްބަތޭން" އާއި "ޖޯޝް" އަކީ ވެސް ބެލުންތެރިގެ މެދުގައި ވަރަށް މަގްބޫލްވެގެން ދިޔަ ފިލްމް ތަކެކެވެ.