02 Nov 2017, 09:58
ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް އުފައްދާ ފިލްމް 'ޕަދްމާވަތީ' އިންޑިއާގެ އެކި ހިސާބުތަކުގައި އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ހަމަ އެދުވަހު އެ ފިލްމް އެމެރިކާގައި ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމްގެ ޑައިރެކްޓަރު ބުނެފިއެވެ.
"ވަރަށް އުފަލާއެކީ މި ބުނަނީ މި ފިލްމް އެމެރިކާގައި ވެސް އަޅުވާނަމޭ. އިންޓަނޭޝަނަލް ފިލްމަކަށް މި ފިލްމް ވެގެން މިދަނީ. ފިލްމް މާކެޓްކުރުމަށް ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރެވޭ. ވަރަށް ކާމިޔާބު ފިލްމަކަށް މި ފިލްމް ވެގެންދާނެ. މީގެ އިތުރުން ފިލްމް ޕެރިހުގައި ވެސް ފިލްމް ޕްރިމިއާ ކުރުމަށް ނިންމާފައި އޮތީ،" ސަންޖޭ ބުންޏެވެ.
އެމެރިކާގައި ފިލްމް އެޅުވުމަށް ހަމަޖެހިފައިވާއިރު ޕަދްމާވަތީގެ ހާއްސަ ޕްރިިމިއާއެއް ޕެރިހުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެކަމުގެ ސަބަބުން 'ޕަދްމާވަތީ' ވެގެންދާނީ އަހަރުގެ ވެސް އެންމެ ކާމިޔާބު ފިލްމަށްކަން ގަބޫލުކުރެވެއެވެ.
ޕަދްމާވަތީ އަކީ ތާރީޚީ ލޯބީގެ ފިލްމެކެވެ. އެ ފިލްމުގައި ދީޕިކާ ޕަދްކޯން، ރަންވީރް ސިންހް އަދި ޝާހިދު ކަޕޫރު ފެނިގެންދާނެ އެވެ. ފިލްމް އުފެއްދުމަށްޓަކައި ޑައިރެންޓަރު ސަންޖޭ ވަނީ ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވެފައެވެ.