މޯލްޑިވް ގޭސްއިން ވިއްކަމުންދާ ލުއި ފުޅި ބެނުންކުރުމަށް އަލަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭސްއިން ފަށައިފިއެވެ.

މޯލްޑިވް ގޭސްގެ ގޭސްޕާކްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮމޯޝަން ތައާރަފް ކޮށްދިނީ މޯލްޑިވް ގޭސްގެ ފައިނޭސް މެނޭޖަރު އަހުމަދު ރަމީޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ގޭސްގެ މާކެޓިން މެނޭޖަރު، އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، މިއަދު އެ ފެށި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި މޯލްޑިވްސް ގޭސްގެ ލުއި ފުޅިއަށް ރަޖިސްޓްރީ ކުރެވޭނެ އަގަކީ 1،500 ރުފިޔާ ކަމަށް އާމިނަތު ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސްގެ މާކެޓިން މެނޭޖަރު، އާމިނަތު މުހައްމަދު ސައީދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ގޭސްގެ ޕްރޮމޯޝަން އަގަކީ ކުރިން ލުއިފުޅި ރަޖިސްޓްރީކޮށް ދޭ އަގު 1775 އަށްވުރެ 15 ޕަސެންޓްގެ ހެޔޮ އަގެކެވެ.

މޯލްޑީވްސް ގޭސްއިން މީގެ ދެ އަހަރު ކުރިން ރާއްޖެއާށް ތައާރަފްކޮށް ވިއްކަމުންދާ ލުއިފުޅިއަކީ ހިފާގެންގުޅެން ލުއި އަދި ބޭނުންކުރުމަށް ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޭސްފުޅިކަން އާމިނަތު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ލުއިފުޅި ގޭހަކީ އޭގެ ސަލާމަތީ އެތަށް ޓެސްޓެއް ހެދިފައިވާ ކިތަމެ ހޫނު ވިޔަސް ގޮވައިގެން ނުދާ އަދި ބެރުގައި ދަބަރުވެސް ނުޖަހާނެ ފަދަ ގޮތަކަށް ތާއްޔާރު ކުރެވިފައިވާ ފުޅިއެއް ކަމަށެވެ.

މާލެ ހިމެނެ ސަރަހައްދުގައި މޯލްޑިވްސް ގޭސް ބެނުންކުރާ 25،000 އަށް ވުރެ ގިނަ ކަސްޓަމަރުން އުޅޭއިރު މޯލްޑިވްސް ގޭސްއިންދާނި، ކަސްޓަމަރުންނަށް އިތުރު ޕްރޮމޯޝަން ތަކާއެކު ހިދުމަތްތަށް ދިނުމުގައި ފަސޭހަކޮށްދެމުން ކަމަށް މޯލްޑިވްސް ގޭސްއިން ބުންޏެވެ.