01 Nov 2017, 17:29
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޒެއިން އަބްދުﷲ ސަރުކާރުގެ އިމާރާތަކުން ޔާމީނަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ދިނީ ރަނގަޅަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފިއެވެ.
އޭސީސީއަށް ހުށަހެޅި މައްސަލާގައި ވަނީ ރައީސްގެ ދަރިކަލުން ޒެއިނަށް ކުއްޔަށްދިން އެ އެޕާޓްމަންޓްގެ ކުލި ޖޫރިމަނާއަކާ ނުލައި ނެގުމަށް ކޮމިޝަނާ އޮފް ޓެކްސޭޝަނަށް އަންގާފައިވާ ކަމަށެވެ.
އޭސީސީން މައްސަލަ ނިންމައި އާންމު ކުރި ރިޕޯޓުގައި އެ މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެެ. ޒެއިނަށް ދީފައިވާ އެޕާޓްމަންޓަކީ ދިނީ ސަރުކާރުގެ ކޮން އިމާރާތަކުން ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އެ މައްސަލަ ބެލުމަށްފަހު އޭސީސީ އިން ނިންމާފައި ވަނީ ޒެއިނަށް އެ އެޕާޓްމަންޓް ދީފައި ވަނީ ފިނޭންސް މިނިސްޓްރީގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އެހެންކަމުން އެ މައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންވާ މައްސަލަައެއް ނޫން ކަމަށް ކަނޑައަޅައި އެ މައްސަލަ އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.