01 Nov 2017, 20:27
އިސްލާމީ ތަގުރީރު ދެއްވުމުގައި ދުނިިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ، މުފްތީ އިސްމާއިލް މެންކް މެލޭޝިއާގެ ޖޮހޯ ސްޓޭޓްގައި ތަގުރީރު ދިނުން ވެސް މަނާ ކޮށްފިއެވެ. މުގްތީ އިސްމާއިލް މެންކް ޖޮހޯގައި މަނާކުރިއިރު އޭނާ ވަނީ ސިންގަޕޫރަށް ދިއުން ވެސް މަނާކޮށްފައެވެ.
ޖޮހޯގެ އިސްލާމިކް ރެލިޖަސް އެފެއާޒް ކޮމެޓީގެ ޗެއާމަން އަބްދުލް މުއްތަލިބް އަބްދުއް ރަހީމް ވިދާޅުވީ އެ ސްޓޭޓްގައި މުފްތީ އިސްމާއިލަށް ތަގުރީރު ދިނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
"މުފުތީގެ ކުރީގެ ތަގުރީރުތަކުގައި ވަނީ އެކި އެކި ނަސްލުތަކުގެ މެދުގައި ހަމަނުޖެހުން އުފެދޭނެ ކަހަަލަ ވާހަަކަތައް ވިދާޅުވެފައި. ޖޮހޯގެ އިސްލާމިކް ރެލިޖަސް ކޮމެޓީން އަބަދުވެސް މޮނީޓާކޮށް ބަލާނެ ނަސްލުތަކުގެ މެދުގައި ހަމަނުޖެހުން އުފެދޭ ކަަހަލަ ވާހަަކަތައް ދައްކާތޯ،" އަބްދުއް މުއްތަލިބް ވިދާޅުވިއެވެ.
ސިންގަޕޫރުގެ ހޯމް މިނިސްޓްރީން އިއްޔެ ބުނީ މުފްތީ އެ ގައުމުގައި ތަގުރީރު ކުރުން މަނާކުރީ އެގައުމުގައި ދިރިއުޅޭ މުސްލިމުންނާ އެހެން ދީންތަކުގެ މީހުންނާ ދެމެދު ނުތަނަވަސްކަން އުފެދޭ ކަހަލަ ވާހަކަތައް މުފްތީ ދައްކަވައިފައިވާތީ އެވެ.
ނަމަވެސް މެލޭޝިއާ ބޮޑުވަޒީރުގެ ނާއިބު ވަނީ މުފްތީ މެންކް އެގައުމުގައި ހަމަނުޖެހުން އުފެދޭ ކަހަލަ އެއްވެސް ވާހަކައެއް ދައްކަވައިފައި ވާކަން އެނގެން ނެތް ކަމަށް ވިދާޅުވިއެވެ.