ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް )އެފްއޭއެމް(ގެ 2012 ވަނަ އަހަރުގެ ބަޖެޓަށް 11.4 މިލިއަން ރުފިޔާ ފާސްކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި އެފްއޭއެމްގެ ހަތަރު ވަނަ ކޮންގްރެސްގައި އަންނަ އަހަރު ބަޖެޓުގެ ގޮތުގައި 11,447,658 ރުފިޔާ ފާސްކުރީ މިއަދުގެ ޖަލްސާއަށް ހާޒިރުވި 16 މެމްބަރުންގެ އިއްތިފާގުންނެވެ.

އެފްއޭއެމް އަށް އަންނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 11،785،033،42ރުފިޔާ އެވެ. މީގެ ތެރެއިން 337،375.42 ރުފިޔާ ބާކީ ވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި އެފްއޭއެމްގެ މެންބަރުކަމުގެ ޝަރުތު ހަމަވާ ތިން ކުލަބަކަށް މެމްބަޝިޕް ދިނުން ވެސް އޮތެވެ. އެގޮތުން މެންބާޝިޕް ދިން ތިން ކުލަބަކީ ރެޑްލައިން ކުލަބް )ދެ ވަނަ ޑިވިޜަން(، ކުލަބް ގާމަގު )ދެ ވަނަ ޑިވިޜަން( އަދި ސީލެންޑް ސްޕޯޓްސް ކުލަބް )ތިން ވަނަ ޑިވިޜަން( އެވެ.