އާއިލާ އަށް ފިލައިގެން އުޅޭ ފުރާވަރުގެ އަންހެން ކުއްޖެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ މއ. އާހިޔާވިލާ، އުމުރުން 17 އަހަރުގެ އާމިނަތު ޔާމިނާ އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:20ހާއިރު، އެ ކުއްޖާ އާއިލާއަށް ފިލާފައިވާކަމަށެވެ.

އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.