ޝާހްރުކް ޚާނާއި ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމް 'އިއްތިފާގް' އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމުގެ ބޮޑު ސިއްރެއް ޝާހްރުކް ހާމަކޮށްފިއެވެ.

ޝާހް ކުރިން ބުނި ގޮތުގައި އެ ފިލްމުގައި އޭނާގެ ރޯލެއް ނުފެންނާނެ ކަމަށާއި ނަމަވެސް މިދިޔަ ހޯމަ ދުވަހު ބޭއްވި ފިލްމްގެ ޕްރެސްގައި އޭނާ ބުނީ ފިލްމުގެ ކޮންމެވެސް ހިސާބަކުން އޭނާ ފެނިގެން ދާނެކަމަށެވެ.

ސިދާރްތު މަލްހޯތުރާ އާއި ސޮނާކްޝީ ސިންހާ އަދި އަކްޝޭ ކަންނާ ލީޑް ރޯލުތައް ކުޅެފައިވާ ފިލްމާ ބެހޭ ގޮތުން ޝާހްރުކް ބުނީ އެ ފިލްމަކީ 1969 ވަނަ އަހަރު ނުކުތް 'އިއްތިފާގް'ގެ ރީމޭކް އެއް ނަމަވެސް އެ ފިލްމް ވަރަށް 'ކޮލިޓީ' ވެފަ އޮރިޖިނަލް ވާނެކަމަށެވެ.

މިއީ ސޮނާކްޝީ އާއި ސިދާރްތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

އެ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަބޭ ޗޯޕްރާ އެވެ.

ކަރަން ބުނީ ފިލްމުގައި ހަރަކާތްތެރިވި ހުރިހާ ފަންނާނުންނާ މެދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށާ ސިދާތް އަދި ސޮނާކްޝީގެ އެކްޓަށް 'ސެލިއުޓް' ކުރާކަމަށެވެ.