19:00


މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދަށް އަންނަ އުޅަނދުފަހަރުގެ ބޮޑުކުޑަމިނަށް ބަލާ ކީވޯލް ޗާޖް ނަގާގޮތަށް ހަމަޖައްސައިފި އެވެ.


މޯލްޑިވްސް ފޯޓްސް ލިމިޓެޑުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލޭގެ ވިޔަފާރި ބަނދަރުގެ ސަރަހައްދަށް މުދާ ބަނދަރުކުރުމަށާއި މުދާ ހިފައިން އައިސް އޮންނަ ކޮންމެ އުޅަނދަކުން ކީވޯލް ޗާޖްކުރުމަށް ހަމަޖައްސާފައި ވަނީ، އެ އުޅަނދެއް ކީވޯލްގައި ނުވަތަ ޖެޓީގައި އޮންނަ ކޮންމެ ގަޑިއަކަށް، އެ އުޅަނދެއްގެ ދިގުމިނުގެ ކޮންމެ މީޓަރަކަށް ފަސް ރުފިޔާގެ ރޭޓުން ކަމަށެވެ. ނަމަވެސް ރާއްޖޭން ބޭރުން މުދާ ބަރުކޮށްގެން އަންނަ ބޯޓުފަހަރު މި ޓެރިފުން އިސްތިސްނާވާނެ ކަމަށްވެސް ޕޯޓްސް ލިމިޓެޑުން ބުނެ އެވެ.


މީގެ ކުރިން އެގޮތަށް މުދާ ބަރުކޮށްގެން ބާލަން އަންނަ އުޅަނދުފަހަރުން ކީވޯލް ޗާޖެއްގެ ގޮތުގައި ނަގަމުންދިޔައީ 50 ރުފިޔާ ރޭ ރޭޓުންނެވެ.