01 Nov 2017, 08:56
ދިރާގު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ހިލޭ ލިބޭނެ ގޮތަށް ދިރާގުން އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ތައާރަފް ކޮށްފިއެވެ.
ދިރާގުގެ އާ ޕޯސްޓްޕެއިޑް ޕެކޭޖްތައް ތައާރަފްކުރީ ރޭ އާޓްގެލަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހަތަރު ޕެކޭޖެއް ދިރާގުންވަނީ ތައާރަފް ކޮށްފައެވެ.
ދިރާގުން ރޭ އަލަށް ތައާރަފްކުރި ޕެކޭޖް ތަށް:
- ޕޯސްޓް ޕެއިޑް 350 ޕެކޭޖު، ދެ ޖީބީ ޑޭޓާ އާއެކު
- ޕޯސްޓްޕެއިޑް 550 ޕެކޭޖު، ފަސް ޖީބީ ޑޭޓާ އާއެކު
- ޕޯސްޓް ޕެއިޑް 750 ޕެކޭޖު، 10 ޖީބީގެ ޑޭޓާ އާއެކު
- ޕޯސްޓް ޕެއިޑް 1000 ޕެކޭޖު، 20 ޖީބީގެ ޑޭޓާ އާއެކު
ބަދަލުތަކާއެކު ތައާރަފް ކުރި ހަތަރު ޕެކޭޖުން ކޮންމެ ޕެކޭޖެއް ނެގި ކަމުގައި ވިޔަސް އާންމުކޮށް ބޭނުންކުރާ ޝޯޝަލް އެޕް އަދި ލޯކަލް އެޕްލިކޭޝަން ތަކުގެ ތެރެއިން، ވަޓްސް އެޕް، ވައިބާ، އިންސްޓާގްރާމް، ފޭސްބުކް، ސްނެޕްޗެޓް، ދިރާގު އެޕް، މޯބައިލް ބޭންކިން، މޯލްޑިވްސް ފްލައިޓް ޝެޑިއުލް، ސަލާތު އެމްވީ އަދި ކިއު ބީ ހިލޭ ބޭނުން ކުރެވޭނެއެވެ.
ހިލޭ ބޭނުންކުރެވޭ އެ އެޕްލިކޭޝަން ތައް ބޭނުން ކުރެވޭނީ ތިން ޖީބީގެ ޑޭޓާ އާއި ހަމައަށެވެ. ތިން ޖީބީއާ ހަމައަށް ބޭނުންކުރުމުން ސްޕީޑް ދަށްވެގެން ދިޔަނަމަވެސް އިތުރަށް ޗާޖް ނުކުރާނެކަމަށް ދިރާގުން ބުންޏެވެ.
މި ޕެކޭޖްތަކުގައި ކަނޑައެޅިފައިވާ ޑޭޓާ އެލަވަންސް ހަމަވުމުން ޑޭޓާ އެޑްއޮން ނުވަތަ ޑޭޓާ ބޫސްޓާ ނެގޭނެއެވެ.
ޑޭޓާ އެޑްއޮންގެ 1 ޖީބީ 85 ރުފިޔާ
- ޑޭޓާ އެޑްއޮންގެ 5 ޖީބީ 350 ރުފިޔާ
- ޑޭޓާ ބޫސްޓާ 500 އެމްބީ 50 ރުފިޔާ
- ޑޭޓާ ބޫސްޓާ 1 ޖީބީ 90 ރުފިޔާއަށް ނެގޭނެއެވެ.
ހިލޭ އެޕްލިކޭޝަންތައް ބޭނުން ކުރުވެވުމުގެ އިތުރުން ކޮންމެ ޕެކޭޖެއް ނެގިކަމުގައި ވިޔަސް ދިރާގުގެ ހުރިހާ ނަންބަރަކަށް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެއެވެ. އަދި ޕޯސްޓް ޕެއިޑް 350 އަދި 550 ގެ ޕެކޭޖް ނަގާ ބޭފުޅުންނަށް އެހެން ލޯކަލް ނެޓްވާކަށް ގުޅާން 300 ހިލޭ މިނިޓްސް ލިބުމުގެ އިތުރުން ޕޯސްޓްޕެއިޑަށް 750 އަދި 1000 ނަންގަވާ ބޭފުޅުންނަށް އެހެން ނެޓްވާކް ތަކަށްވެސް ހިލޭ ގުޅޭނެކަމަށް ދިރާގުން ބުންޏެވެ.
ޕޯސްޓްޕެއިޑްގެ ޕްކޭޖްތަކުގައި ހިލޭ އެސްއެމްއެސްގެ ހިދުމަތް ލިބިގެންދާއިރު ބޭނުން ކޮންމެސް 3 ގައުމެއް ހިޔާރު ކުރައްވައިގެން 50 ޕަސެންޓް ޑިސްކައުންޓް އިންޓަނޭޝަނަލް ކޯލްތަކުން ލިބިގެންދާނެ ކަމަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ލަކީޑްރޯއެއް ބާއްވައި ލަކީ ޑްރޯގެ ނަސީބުވެރި ފަސް ފަރާތެއް ހޮވާފައެވެ. އަދި އެ ފަރާތްތަކަށް ދިރާގުގެ ފަރާތުން ވަނީ އައިފޯން 8 ޕްލަސް އާއި އައިފޯން 8ގެ ދެ ފޯނާއި އާއި ސެމްސަންގް ގެލެކްސީ 8 ގެ ދެ ފޯނު ހަވާލުކޮށްފައެވެ.