01 Nov 2017, 01:13
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގޭ ގޮތަށް ކަނޑައެޅި އިސްލާހަކާ އެެކު އެންމެ ފުރަތަމަ ގެސްޓްހައުސްގެ ވިޔަފާރި ފެށީ ކ. މާފުށްޓަށް މަޓާޓޯ ޓްރެވަލް އެވޯޑުގެ ލީޑީން ގެސްޓްހައުސް އައިލެންޑްގެ އެވޯޑާއެކު ގެސްޓްހައުސް އެޑިޝަންގެ ހަ އެވޯޑެއް ލިބިއްޖެ އެވެ.
މަޓާޓޯއިން ރޭ ބޭއްވި ގެސްޓްހައުސް އެޑިޝަންގެ އެވޯޑުތަށް އިއުލާނު ކުރުމުގެ ހަފްލާއި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި އެންމެ ރަނގަޅަށް ކުރަމުން އަންނަ ރަށް ފާހަގަކޮށް ދޭ އެވޯޑު "ލީޑިން ގެސްޓްހައުސް އައިލެންޑް"ގެ އެވޯޑާއެކު އިތުރު ފަސް އެވޯޑެއް ވެސް މާފުށްޓަށް ވަނީ ލިބިފައެވެ.

ޅީޑީން ގެސްޓްހައުސް އެވޯޑް އެރީނާ ބީޗް ހޮޓެލްސް އަށް ހަވާލް ކުރަނީ -- ފޮޓޯ/ މަަޓާޓޯ
ރޭގެ ހަފްލާގައި މާފުށްޓަށް ލިބުނު އެވޯޑު ތަކުގެ ތެރޭގައި:
ލީޑިން ޑައިވް/ގެސްޓްހައުސްއެވޯޑް، އެކްޓިވް ވޯޓާރ ސްޕޯޓްސް
ލީޑިންގ އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓްއެވޯޑް، ވެލާނާ ބީޗް
މޯސްޓް ސަޕޯޓިވް ގެސްޓްހައުސްއެވޯޑު، ކާނިހޮޓެލްސް އަދި އެރީނާ ބީޗް ހޮޓެލް
ލީޑިންގ ގެސްޓްހައުސް އައިލެންޑްއެވޯޑު، ކ. މާފުށި
ލީޑިންގ ގެސްޓްހައުސް ބްރޭންޑްއެވޯޑު، ކާނިހޮޓެލްސް އަދި އެރީނާ ބީޗް ހޮޓެލްސް
ލީޑިންގ ގެސްޓްހައުސްއެވޯޑު، އެރީނާ ބީޗް ހޮޓެލްސް
މިފަހަރުގެ ލީޑީން ގެސްޓްހައުސްގެ އެވޯޑު ހާސިލު ކުރި އެރީނާ ބީޗު ހޮޓެލްސްގެ މެނޭޖިން އަހުމަދު ސަމާހު ވިދާޅުވީ، މާފުށީގައި އިތުރަށް އެ ވިޔަފާރިއަށް ވަންނަ ބެނުންވާ ފަރާތްތަކުން ޖެހޭނީ މުޅިން އައު ގޮތަކަށް އައު ކޮންސެޕްޓަކާއެކީގައި ގެސްޓްހައުސް ވިޔަފާރި ކުރަން ކަމަށެވެ.

އެރީނާ ބީޗް ހޮޓެލްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު -- ފޮޓޯ/ މަޓާޓޯ
ސަމާހު ވިދާޅުވީ، ގެސްޓްހައުސްއެއް ހުޅުވާ ރޫމްތަކެއް ހުއްޓަކަސް ގެސްޓްހައުސް ވިޔަފާރި ނުކުރެވޭނެ ކަމަށެވެ. ގެސްޓް ހައުސް ވިޔަފާރި ކުރަން މިހާރު ބޭނުން ވަނީ ބޮޑު ކެޕިޓަލްއަކާއެކު މުޅިން ތަފާތު ގޮތަކަށް އެކަންކޮށް ތަފާތު ގިނަ މާކެޓުތަކަށް ވާސިލުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފުށީގައި މިހާރު 40 އަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ. ރޭގެ ހަފްލާގައި 15 ކެޓަގަރީއަކުން އެވޯޑު ދިނެވެ. އެ އެވޯޑުތަކަށް 96 ފަރާތަކުން ވާދަކޮށްފައިވާ ކަމަށް މަޓާޓޯއިން ބުންޏެވެ.