31 Oct 2017, 20:47
ދީނީ އިލްމުވެރިން ކަންކަން ކުރަންވާ ގޮތް އިނގޭނީ ޖާހިލުންނަށް ނޫން ކަމަށް ވިދާޅުވެ ކުރި ޓުވީޓުތަކަކީ ވަކި މީހަކަށް އަމާޒު ކުރި ޓުވީޓުތަކެއް ނޫން ކަމަށް ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.
ދީނީ ބައެއް އިލްމުވެރިންނަށް ފާޑުވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރޭ ވަނިކޮށް، އަލީ ރަމީޒު ރޭ ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނަށާއި އެ ދީނުގެ އިލްމުވެރިންނަށް ފާޑުކިޔައި ފުރައްސާރަ ކުރުމަކީ އާ ކަމެއް ނޫން ކަމަށެވެ.
ilmuverin kankan kuranvaa goiy engivadaigannavaanee ilmuverinnasheve. Jaahilunnakah nooneve.
— علي رميز بن قاسم (@aliramyz)October 31, 2017
އަލީ ރަމީޒު ކުރެއްވި އެ ޓުވީޓުތަކަކީ ރައީސަށް އަމާޒުކޮށް ކުރެއްވި ޓްވީޓުތަކެއް ކަމަށް ބައެއް މީޑިއާގައި ބުނަމުންދަނިކޮށް، އޭނާ ވިދާޅުވީ ދައްކާ ވާހަކަތައް މާނަކޮށް ތަރުޖަމާ ކުރުމަށް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ރޭގައި ކޮށްފައި އިން ދެ ޓްވީޓަކީ ވަކި މީހަކަށް ހާއްސަކޮށްފައިވާ ދެ ޓްވީޓެއް ނޫން އަދި އަދި އަޅުގަނޑު ދައްކާ ވާހަކަ މާނަކޮށް ތަރުޖަމާކުރުމަށް އެއްވެސް ބަޔަކަށް ހަވާލުކޮށްފައެއް ނުވާނެ،" އަލީ ރަމީޒު ފޮނުއްވެވި ކުރު މެސެޖެއްގައިވެ އެވެ.