ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުން "ސަން" އަށް މައުލޫމާތު ދެމުން ބުނީ ޕޫލުގައި ގެނބުނީ ޗައިނާ ނަސްލުގެ މެދު އުމުރުން މަތީގެ އަންހެނެއް ކަމަށެވެ.

އެ ހާދިސާ ހިނގީ މިއަދު ހެނދުނު 11:40ގައި ކަމަށާއި ގެނބުނު ފަތުރުވެރިއާ އަކީ ފަތަން އެނގޭ މީހެއް ކަމަށް އެ ޕޫލްގައި އުޅުނު މީހެއް ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.