03 Aug 2011, 12:51
ދެހާސް ސާދަ ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލާއި ހަމައަށް އާޖެންޓީނާގެ ކޯޗްކަމުގެ މަގާމުގައި އެލެކްޖެންޑްރޯ ސަބެއްލާ ހުންނާނެކަމަށް އާޖެންޓިނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖޫލިއީ ގްރޮންޑޯނާ ކަށަވަރުކޮށްދީފި އެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ކުރީގެ ކޯޗް ސާޖިއޯ ބަޓިސްޓާއަށް އެދެވޭ ކާމިޔާބީއެއް ހޯދައިނުދެވުމުގެ ސަބަބުން މިދިޔަމަހު ފަހުކޮޅުވަނީ މަގާމުން ވަކިކުރުމަށް ފަހު ކޯޗު ކަމަށް އައި ސަބެއްލާއާ ބެހޭ ގޮތުން އާޖެންޓިނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހޯސޭ ލިއޮޒް މެޒްނާ ވަނީ ވާހަކަ ދައްކާފަ އެވެ.
އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖޫލިއޯ ގްރޮންޑޯނާ ވިދާޅުވީ ސަބެއްލާ އާޖެންޓިނާގެ ފުޓްބޯޅަ ޓީމްގެ ކޯޗްކަމާއި ހަވާލުވެ މިހާރު އެކަންވަނީ ފައިނަލްވެފައިވާ ކަމަށެވެ.
"މިހާރުން ފެށިގެން 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލާއި ހަމައަށް އާޖެންޓީނާގެ ކޯޗްކަމުގައި ސަބެއްލާ ހުންނާނެ،"
އަރަބި ޓީމެއްކަމަށްވާ އަލްޖަޒީރާއާއިއެކު ދާދިފަހުން އެއްބަސްވުމެއްގައި ސޮއިކުރި އުމުރުން 56 އަހަރު ކޯޗް ސަބެއްލާއަށް ޝެޑިއުލްކުރި ތާރީހުގައި އާޖެންޓީނާއަށް އާދެވޭގޮތްވަނީ ނުވެފަ އެވެ.
ކުޅުންތެރިއެއްގެގޮތުގައި ސަބެއްލާވަނީ ރިވާޕްލޭޓް، ޝެފީލްޑް ޔުނައިޓެޑް، ލީޑްސް ޔުނައިޓެޑް އަދި އެސްޓްޑިއަންޓެސްއަށް ވެސް ކުޅެފައެވެ. އަދި 1994 ން 1998 ވަނަ އަހަރާއި ހަމައަށް ސަބެއްލާވަނީ ކޯޗް ޑެނިއަލް ޕަސެރެއްލާގެ ދަށުން އާޖެންޓީނާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެގޮތުގައި ހަރަކާތްތެރިވެފަ އެވެ.