31 Oct 2017, 11:52
ފުލުހުންގެ ބައެއް އިސް މަގާމްތަކަށް ބަދަލުގެނެސްފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހަތަރު މަގާމަށް ވަނީ މި މަހުގެ 29 ވަނަ ދުވަހު ބަދަލުގެނެސްފައެވެ.
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގަމަށް ހަމަޖައްސާފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަހުމަދެވެ.
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓްގެ ޑެޕިއުޓީ ހެޑް ގެ މަގަމަށް ހަމަޖައްސާފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝުހާދު އެވެ.
ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑްގެ މަގާމަށް ހަމަޖައްސާފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުއެވެ.
ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމަށް ހަމަޖައްސާފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފުއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ ލީގަލް ކައުންސެލްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ސިވިލް އޮފިސަރު ހަސަން ހަމީދު ވަކިކޮށް އެ މަގާމަށް ވަނީ އެހެން ސިވިލް އޮފިސަރަކު ހަމަޖައްސަވާފައެވެ.
ފުލުހުންގެ ބައެއް އިސް މަގާމްތަކަށް ބަދަލުގެނެސްފައިވާއިރު، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއާ ގުޅޭ މައްސަލައެއް ރައީސް އޮފީހުން އަންނަނީ ބަލަމުންނެވެ.