މާބަނޑު ދުވަސްވަރަކީ އަންހެންމީހާ އަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ބަނޑުގައި އޮންނަ ދަރިފުޅަށް ފައިދާ ހުރި ކާނާ ކައި، ދުޅަހެޔޮ ދުވަސްތަކެއް ބޭނުން ނަމަ، މި ދުވަސްވަރު ކެއުމަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ.

މާބަނޑު ދުވަސްވަރު ކެއުން ރަނަގަޅު ބައެއް ކާނާ:

މޭވާ އާއި ތަރުކާރީ:މިއީ ވިޓަމިން އާއި މިނަރަލްސް އަދި ފައިބާއިން މުއްސަނދިވެފައިވާ ކާނާ އެވެ. މޭވާ އާއި ތަރުކާރީ ކާއިރު ކުލަ ގަދަ މޭވާ އާއި ތަރުކާރީ ކާށެވެ. މައިމީހާ ކާ ކާއެއްޗެހީގެ ރަހަ ކުއްޖާއަށް ވެސް ލާ ކަމަށާއި މާބަނޑު ދުވަސްވަރު މޭވާ އާއި ތަރުކާރީ ކާނަމަ ކުއްޖާ ދުނިޔެއަށް އައުމަށް ފަހު މިތަކެތި ކެއުމަށް ލޯބި ކުރާ ކަމަށްވެ އެވެ.

ފެހިކަން ގަދަ ފަތް:މިޓަމިން އޭ، ސީ އަދި ކޭ އިން މުއްސަނދިވެފައިވާ ފެހިކަން ގަދަ ފަތަކީ ވެސް މާބަނޑު ދުވަސްވަރު ކެއުން ރަނގަޅު، ސިއްހަތަށް ފައިދާކުރާނެ އެއްޗިއްށެވެ.

ލީން މީޓް: މީގެ ތެރޭ ހިމެނެނީ ބޯންލެސް ޗިކެން ފަދަ މަހެވެ. ހަށިގަނޑަށް ގިނަ އަދަދަކަށް ޕްރޮޓީން ލިއްބައިދޭ މިފަދަ މަހަކީ 98 ޕަސެންޓް ފެޓް ފްރީ އެއްޗެއްސެވެ.

ގްރީކް ޔޯގަޓް:އާދައިގެ ޔޯގަޓަށް ވުރެ ގްރީގް ޔޯގަޓްގައި ޕްރޮޓީން އެކުލެވޭ މިންވަރު ދެގުނަ ގިނަ އެވެ. މިއީ މިނަރަލްސް ވެސް ގިނަ އަދަދަކަށް އެކުލެވޭ ކާނާއަކަށް ވެފައި ބަނޑުގައި އޮތް ދަރިފުޅަށް ވެސް ފައިދާ ކުރުވަނިވި ކާނާއެެކެވެ.

ވޯލްނަޓްސް:މިއީ އޮމެގާ 3 އިން މުއްސަނދިވެފައިވާ ކާނާއެކެވެ. މީގެ އިތުރުން ޕްރޮޓީންސް އާއި ފައިބާވެސް ގިނަ އަދަދަކަށް އެކުލެވެ އެވެ.

ކައްޓަލަ:މިއީ ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭ ފަލަމަޑިއެކެވެ. މީގެ އިތުރުން ފައިބާ އާއި ވިޓަމިން ސީ ވެސް ކައްޓަލާގައި އެކުލެވެ އެވެ.