31 Oct 2017, 10:29
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކުރި މައްސަލަ އޭނާ އިސްތިއުނާފަށް ހުށަހަޅުއްވައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އޮސްޓްރޭލިއާގައި ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ފައިރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސަރުކާރު ބަދުނާމު ކުރުމަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާތީ ކަމަށް ބުނެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރި މައްސަލައިގެ އިސްތިއުނާފު މަރުހަލާ އަދި ނުފަށަ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތު މީޑިއާ އަށް ހިއްސާ ނުކުރާ ކަމަށެވެ.
ދާދިފަހުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން އާދަމް ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ޑީމޯޓްކޮށްފަ އެވެ.