31 Oct 2017, 12:23
ފިލްމް 'އިއްތިފާގް ރީމޭކް'ގައި އެކްޓަރެއްގެ ރޯލުން ފެންނަން ބޭނުންވާކަމަށް ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކްހާން ބުނެފިއެވެ.
ޝާހްރުކް ބުނީ 'އިއްތިފާގް' އަކީ ވަރަށް ރީތި ކޮންސެޕްޓެއްގެ މައްޗަށް އެކުލަވައިލައިގެން އުފައްދާ ފިލްމެއްކަމަށާއި އެ ފިލްމުގެ ރޯލަކުން ފެންނަން ބޭނުންކަމުގައި ވިޔަސް ވެސް ޝެޑިއުލް ބުރަ ކަމުން އޭގެ ރޯލަކުން ނުފެންނާނެކަމަށެވެ.
"ވަރަށް ބޭނުން އެ ފިލްމުން އެކްޓަރެއްގެ ރޯލުން ފެންނަން. އެކަމަކު ހަމަ ވަރަށް ބިޒީ. ވާ ގޮތަކީ މި ފިލްމު ޕްރޮޑިއުސްކުރަނީ އަހަރެން. ދެން ވަރަށް އުނދަގޫ އަސްލު އެކްޓް ކުރަމުން ޕްރޮޑިއުސްކުރަން. ފިލްމުގައި ސްކްރީނުން ނުފެނުނަސް ވަރަށް އުފާވޭ މި ފިލްމްގެ ޕްރޮޑިއުސަރަކަށް ވެ ހުރެ މި ޓީމާ އެކީ މަސައްކަތްކޮށްލަން،" އޭނާ ބުންޏެވެ.
އެ ފިލްމަކީ ނަވާރަސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރު ނުކުތް ޔަޝް ޗޯޕްރާގެ މިސްޓްރީ ފިލްމު، 'އިއްތިފާގު'ގެ ރީމޭކެކެވެ.
ސިދާރްތު މަލޯތުރާ އަދި ސޮނާކްޝީ ސިންހާ ލީޑު ރޯލުތަކުންގެ ފެނިގެންދާއިރު ސިދާރްތު ފެނިގެން ދާނީ ރާޖޭޝް ކަންނާގެ ރޯލުންނެވެ. މިއީ ސޮނާކްޝީ އާއި ސިދާރްތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.