31 Oct 2017, 08:26
ޝޫޖިތު ސިރްކާރު ޑައިރެކްޓުކޮށް ވަރުން ދަވާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'އޮކްޓޯބަރ' ރިލްޒް ކުރާނެ ދުވަސް ހަމަޖައްސައިފި އެވެ.
ވަރުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށް ދާއިރު، އެއީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ލޯބީގެ ފިލްމެކެވެ. ރައިޒިންގ ސަން ފިލްމްސް އިން ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ޖޫހީ ޗަތުރުވޭދީ އެވެ.
ރައިޒިންގ ސަން ފިލްމްސް އިން ވަނީ މީގެ ކުރިން ވެސް 'ޔަހާން'، 'ވިކީ ޑޯނަރ'، 'މަޑްރާސް ކެފޭ'، 'ޕީކޫ' އަދި 'ޕިންކް' ފަދަ ތަފާތު މޮޅު ފިލްމުތައް ޕްރޮޑިއުސް ކޮށްފައެވެ. އެހެންކަމުން 'އޮކްޓޯބަރ' އަކީ ވެސް ތަފާތު މޮޅު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.
ވަރުން އާއެކު ފިލްމުގެ ލީޑުން ފެނިގެން ދާނީ ބޮލީވުޑަށް އަލަށް ތައާރަފުވާ ބެނީތާ ސަންދޫ އެވެ.