31 Oct 2017, 00:05
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯއިން ހޯދައިފިއެވެ.
ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެސްޓީއޯ އިން ހޯދީ މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޓް(އެމްއޭސީއެލް)އާ ވާދަކޮށް، 0-3 ގެެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް އިނާމު ދިނުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ މެޗުގައި އެސްޓީއޯ އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އިމްރާން ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު އިސްމާއިލެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޕްރެޒިޑެންޓްސް ކަޕް ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. މީގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެސްޓީއޯގެ މުހައްމަދު އިމްރާން އާއި އެމްއޭސީއެލްގެ އަހުމަދު ޒައިދް އާއި ސްޓެލްކޯގެ އަލީ މާއިސް އާއި ޕޮލިސް ޓީމުގެ އަލީ ފަހުމީގެ އިތުރުން އެސްޓީއޯގެ އަބްދުﷲ ނާސިހުއެވެ. އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ މިފްކޯ އެވެ.
ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް އިނާމު ދިނުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް ރޭ ކުޅެވިފައިވާ އިރު، އެ މެޗު އެމްއެންޑީއެފާއި ވާދަކޮށް ޗެމްޕިއަންކަންް ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.