ޖަނަވަރީ މަގުގައި ހުންނަ ވެލިގާ ހާޑްވެއާގެ ފިހާރައިގެ ޖާގަ ބޮޑުކޮށް، އަލުން ހުޅުވައިފި އެވެ.

"ވެލިގާ ހާޑްވެއާ 2" ފިހާރަ އަލުން ހުޅުވާފައި ވަނީ ބޮޑެތި ބަދަލުތަކަކާއެކު އެވެ. މި ބަދަލުތަކާއެކު އާންމުންނަށް ދޭ ހިދުމަތްތައް އިތުރަށް ފަސޭހަވެ ހިދުމަތްތައް ފުޅާވާނެ ކަމަށް ވެލިގާ ހާޑްވެއާ އިން ބުނެއެވެ. އެ ފިހާރައިގެ އިންޓީރިއާ އަކީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ އިންޓީރިއާއެކެވެ. އެގޮތުން އުފެއްދުންތައް ފަސޭހައިން ހޯދައި ލެވެނެ ގޮތަށް މަރުކާތައް ވަކިން ލޭބަލް ކޮށްފައި ހުންނަކަން ފާހަގަ ކޮށްލެވެއެވެ.

ޖަނަވަރީމަގު ގައި ހުންނަ ވެލިގާގެ އައުޓްލެޓް - ފޮޓޯ/ ވެލިގާ ހާޑްވެއާ

އެ ފިހާރައަކީ ވެލިގާ އިން ފަހުން ހުޅުވާފައިވާ ޝޯ ރޫމްތަކާ އެއް ފެންވަރަކަށް ބަދަލުކޮށް، އެ ތަންތަނާ އެއް ފެންވަރެއްގެ ހިދުމަތެއް ލިބޭނެ ގޮތަކަށް ހުޅުވި ފިހާރައެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ވެލިގާ އިން ވަނީ މާލެ އާއި ހުޅުމާލޭގައި ޖުމްލަ ފަސް ފިހާރަ ހުޅުވައިފައެވެ. ވެލިގާއިން ދާދިފަހުން ވަނީ މަޝްހޫރު ޕަވަޓޫލް "މެޓާބޯ" ގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކޮށްފައެވެ. އަދި އެ މަރުކާގެ ޓޫލްސް އަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެ ކުންފުނިން ވަނީ ހާއްސަ ސާވިސް ސެންޓަރެއް ހުޅުވައިފައެވެ.

ޖަނަވަރީމަގު ގައި ހުންނަ ވެލިގާގެ އައުޓްލެޓް - ފޮޓޯ/ ވެލިގާ ހާޑްވެއާ

ވެލިގާ ހާޑްވެއާއިން އެ ވިޔަފާރީގައި ހަރަކާތްތެރިވާތާ 10 އަަހަރު ވާން ކައިރިވެފައިވާއިރު އެ ކުންފުނިން ވަނީ ހާޑުވެއާ ވިޔަފާރީގެ އެންމެ އުހުގައި ފައިތިލަ ސާބިތުކޮށްފައެވެ.