ލޯ ކައިރި ކަޅުވުން ނޫނީ ޑާކް އައި ސާކަލް އަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ނިދަން އޮވެވޭ ގޮތަކުން ނޫނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތަކުން އެކަން ދިމާވެއެވެ. މި ކަމަށް ހައްލު ހޯދުމަށް އާންމުކޮށް ބޭނުންކޮށް އުޅެނީ ކޮންމެ ވެސް ވައްތަރެއްގެ ކޮސްމެޓިކް އެކެވެ.

ލޯ ކައިރީ ބޭނުންކުރާ ކޮންސީލާ ފޮހެވުމުން އަނެއްކާ ވެސް ބޮލުގައި ރިހުމާ ކުރިމަތިވެއެވެ. މި ކަމަށް ހައްލެއްް ހޯދުމަށް ގުދުރަތީ ފަރުވާއެއް ކުރެވިދާނެއެވެ. ބޭނުންވާނީ މިންޓް ފަތް އަދި އަލްމަންޑް ނޫނީ އޮލިވް އޮއިލް ފޮދެކެވެ.

އެތަކެތި ބޭނުންކޮށްގެން ޕޭސްޓެއް ތައްޔާރު ކުރާށެވެ. ފުތަރަމަ މިންޓް ފަތްކޮޅު ބްލެންޑަރުން ގިރާލާށެވެ. ދެން އޭގެ ތެރެއަށް ކުޑަ ތެޔޮފޮދެއް އަޅާނީ އެވެ. މި ހުރިހާއެއްޗެއް ރީތިކޮށް އެއްކޮށް ގިރާލާށެވެ.

ތައްޔާރު ކުރި ޕޭސްޓް ލޯ ކައިރީ ކަޅުވެފައި ހުންނަ ތަނުގައި އުނގުޅާފައި 30 މިނެޓެއްހާއިރު ބަހައްޓާށެވެ. ނަތީޖާ ފެންނަން ފަށާނެއެވެ. ލޯކައިރި ކަޅުވާން ދިމާވަނީ ބޭނުންވާ ވަރަށް ފެން ނުބޮވޭތީ ނޫނީ ނިދި ހަމަ ނުވާތީ ކަމަށް ވެސް ވެދާނެއެވެ. ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެންނަން ވިސްނާލާށެވެ.