03 Aug 2011, 10:59
ކެރިޔަރުގެ ކޮންމެވެސް ހިސާބެއްގައި އަލުން ޕްރެމިއާ ލީގުގެ ކްލަބަކުން ފެނިދާނެކަމަށް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. ރޮނާލްޑޯ މިހެން ބުނީ އިނިގިރޭސި މުއްސަނދި ކްލަބް މެންޗެސްޓާ ސިޓީއިން ރޮނާލްޑޯއަށް ބޮޑު އަގެއް ކިޔާފައިވާކަމަށް ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ
ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑް ދޫކޮށް މެން ސިޓީއާއި ނުގުޅޭނެކަމަށް ބުނެފަ އެވެ. ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ރެއާލް މެޑްރިޑާއި ގުޅުނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.
"ފަހަރެއްގައި އަހަރެން ޕްރެމިއަރ ލީގުން ފެނުން އެކަށީގެންވޭ. ކުރިއަށް އޮތްތާ ވާނެގޮތެއް އެކަކަށްވެސް ނޭނގޭނެ. މިހާރު އަހަރެންގެ ޓާގެޓާކީ ބާސެލޯނާ އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ސުޕާ ކޮޕާ ހޯދައިދިނުން." ރޮނާލްޑޯ ބުންޏެވެ.
ރެއާލް މެޑްރިޑްގެ ސްކޮޑް ފަރިތަކުރުންތަކުގައި ރޯނާލްޑޯ މިހާރު ހުރީ ޗައިނާގައެވެ. ސުޕާ ކޮޕާގެ ފުރަތަމަ ލެގް މިމަހު 14 ވަނަ ދުވަހު ރެއާލް މެޑްރިޑްގެ ދަނޑު، ސެންޓިއާގޯ ބެނަބާއޯގައި އޮންނައިރު އޭގެ ހަތަރު ދުވަސް ފަހުން ބާސެލޯނާގެ ނޯކޭމްޕްގައި ދެ ޓީމު ދެވަނަ ލެގުގައި ބައްދަލުކުރާނެ އެވެ.