30 Oct 2017, 15:46
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީއާ ގުޅޭ މައްސަލައެއް ރައީސް އޮފީހުން ބަލަން ފަށައިފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ރައީސް އޮފީހުން އެކުލަވާލާފައިވާ ޚާއްސަ ކޮމެޓީއަކުން ބަލަމުން ދަނީ އަރީފް އާއި ސައުދީއާ ދެމެދު ހިނގި ދެބަސްވުމެއްގެ މައްސަލައެވެ.
އެ ދެ ބޭފުޅުންގެ މައްސަލަ ބަލާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު އާއި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ އިސޯމް މުހައްމަދުގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރުއެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.