30 Oct 2017, 14:59
ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން ރާއްޖެއިން ބޭރުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އޮސްޓްރޭލިއާގައި ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ފައިރޫޝް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ސަރުކާރު ބަދުނާމު ކުރުމަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާތީ ކަމަށް ބުނެއެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތު މީޑިއާ އަށް ހިއްސާ ނުކުރާ ކަމަށެވެ.
ދާދިފަހުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ. އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމް ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ޑީމޯޓްކޮށްފައެވެ.