ރާއްޖޭގެ ސިޔާސީ ހާލަތު ބެލުމަށް ޓަކައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އައި ވަފުދު ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ކުރި ޓުވީޓުގައި ބުނީ އެ ބައްދަލުވުމުގައި ރާއްޖެއާއި އީޔޫއާ ގުޅޭ އެކިކަންތައްތަކުގައި މަޝްވަރާކުރި ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީއަކުން ނުބުނެ އެވެ.

އިއްޔެ ރާއްޖެ އައި އީޔޫގެ ވަފުުދުން ރޭ ވަނީ އިދިކޮޅު ފަރާތްތަކާ އެކު ހޮޓެލް ޖެންގައި ވެސް ބައްދަލުވުން ބާއްވައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާތައް ކޮށްފަ އެވެ.

ތިން ގަޑިއިރަށް ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ޖޭޕީ އާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޜޭގެ ބައްދަލުވުމުގައި 2018ގައި ބާއްވާ އިންތިހާބުގައި ހުރިހާ ފަރާތްތަކަކަށް ވެސް ބައިވެރިވެވޭނެ އިންސާފުވެރި އިންތިހާބެއް ބާއްވައިދިނުމަށް މަގުފަހިކޮށްދިނުމަށް އެދިވަޑައިގެންވެނި ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް އައި އީޔޫގެ ވަފްދުގައި، އީޔޫގެ ޕާލިމެންޓްގެ ހަތަރު މެމްބަރަކު ހިމެނިވަޑައިގެންނަވަ އެވެ.