ސައުތު އޭޝިއަން ޕާޓްނާޝިޕް ސަމިޓް އެންޑް ބިސްނެސް އެކްސެލެންސް އެވޯޑްސްގެ ޝަރަފުވެރި އެވޯޑެއް އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމަށް ލިބިވަޑައިގެންފި އެވެ.

ބަންގްލަދޭޝްގެ ޑާކާގައި މިރޭ ބޭއްވި އެވޯޑް ދިނުމުގެ ހަފްލާގައި ހަލީމަށް ލިބިވަޑައިގަތީ ލީޑަޝިޕް ކެޓަގަރީގެ އިންފްރާންސް ސްޓްރަކްޗާ އެންޑް ލޮޖިސްޓިކް އެވޯޑް - ބެސްޓް ސީއީއޯގެ އެވޯޑެވެ.

ޑާކާގެ ލެ މެރީޑިއަމް ހޮޓެލްގައި މިރޭ ބޭއްވި އެވޯޑް ހަފްލާގައި ހަލީމް ވަނީ ބެސްޓް ސީއީއޯގެ އެވޯޑާ ހަވާލުވެ ވަޑައިގެންފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ކަމާއި ހަލީމް ހަވާލުވެވަޑައިގަތީ މި އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

ސައުތު އޭޝިއަން ޕާޓްނާޝިޕް ސަމިޓް އެންޑް ބިސްނެސް އެކްސެލެންސް އެވޯޑްސްއަކީ އެޗްއާރުޑީ ކޮންގެރްސްއިން 2015 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.