ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި އޯޕަން ޓޭޕް ބޯލް މުބާރާތުގެ ދެ މެޗް އިއްޔެ ކުޅުނެވެ.

ފުރަތަމަ މެޗް ކުލަބް ޕީކޭ އާ ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ އަފްލާންގެ ޓީމް އެވެ. ދެ ވަނަ މެޗް ސްޓެލްކޯ އާ ބައްދަލުކޮށް ވޯކް އޯވާ އެއްގެ ގޮތުން ކާމިޔާބުކުރީ ޕަވާ ސޮލިއުޝަންގެ ޓީމެވެ.

އިއްޔެގެ ފުރަތަމަ މެޗް ޓޮސް ދިމާވެގެން ކުލަބް ޕީކޭ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 109 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި މުހަންމަދު ޝަމީން އެވެ. ޖަވާބުގައި އަފްލާން ކުޅެންއަރާ އެންމެ ކުންތެރިއެއް ނުބައިވެގެން 113 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 35 ލަނޑުހެދި އަބްދުﷲ ޝާހިދެވެ.

މިމުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ބްލެންޑްއާއި ސީއީސީގެ ޓީމް އަދި ދެ ވަނަ މެޗްގައި ބައްދަލުކުރާނީ ޔޫވީ ފްރެންޑްސްއާ މިލާން ކްރިކެޓް އެކަޑަމީގެ ޓީމެވެ. ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުއެނީ އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު 16:05 ގަ އެވެ.