އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ފޮނުވާލަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ މަގާމުން ދުރުކޮށް ޖަމްޝީދު އައްޑޫ ސިޓީއަށް ފޮނުވާލަން ނިންމާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް ޖަމްޝީދު އައްޔަންކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

ޖަމްޝީދު އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2016 ވަނަ އަހަރު ފުލުހުންގެ ތެރޭގައި ގެނެވުނު ބަދަލުތަކެއްގައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެތެރޭގެ މަގާމްތަކަށް ގެންނަ ބަދަލުތަކުގެ މައުލޫމާތު މީޑިއާ އަށް ހިއްސާ ނުކުރާނެ ކަމަށެވެ.