ޏ. ފުވައްމުލަކުގައި މިއަދު ބޯވާ ނަގަން ދިޔަ މީހެއްގެ ހާލު ސީރިއަސްވެ ޏ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

ޏ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު މިއަދު "ސަން" އަށް ވިދާޅުވީ އެ މީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 10:35 އެހައިކަންހާއިރު ކަމަށެވެ.

ފަރުވާދެމުންދަނީ އެރަށު ގާވިޔާ، އުމުރުން 42 އަހަރުގެ އަބްދުﷲ އަފްރާހު އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުޒާދު ވިދާޅުވީ އަފްރާހުއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

"މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ބޯވާ ނަގަން ގޮސް އުޅެނިކޮށް އަކުނިވަޔަށް ދެމުމުން ބަޔަކުގޮސް ހިކިތަނަކަށް އޭނާ ގެންދިޔައީ. ދެން އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ބަޔަކަށް ފެނުނީ އަނެއްކާ ވެސް މޫދުގައި އޭނަ ހާލު ގޯސްވެގެން އުޅެނިކޮށް. މިއީ މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތް،" ފަރުޒާދު ވިދާޅުވި އެވެ.