ލޯބިވާ ފާތުމަ

އަންހެނަކު ބޭންކަށް ގޮސް ކައުންޓަރުގައި އިން ކުއްޖާ އަތަށް ޗެކެއް ދީފި އެވެ. އެ ޗެކްގައި އަދަދު ޖަހާފައިވީ ނަމަވެސް ސޮއިކޮށްފައެއް ނުވެއެވެ. އެހެންވެ އެކުއްޖާ ޗެކު އަނބުރާ ދީފައި ބުނެފި އެވެ: "މީގައި ސޮއިކޮށްލާ ފައިސާ ދޫކުރެވޭނީ އޭރުން"

އަންހެންމީހާ ބުންްޏެވެ: "އަހަރެން ދުވަހަކުވެސް ޗެކެއްގައި ސޮއެއް ނުކުރަން އެއީ ކިހިނެއް ކުރާ ކަމެއް؟"
އެކުއްޖާ އަހައިލި އެވެ. "ފިރިމީހާއަށް ސިޓީލިޔަންތަ؟"
އެމީހާ އާނއެކޭ ބުނީ އެކުއްޖާ ބުނެލި އެވެ: "އެހެންވިއްޔާ އަށް ސިޓީ ލިޔެފައި އެންމެ ފަހުން އެކުރަހަ ކުރެހުން މިތާ ކުރަހަލާ"

އަންހެން މީހާ ޗެކް އަތުލައިގެން އެކުއްޖާ ބުނި ގޮތަށް ހަދާފައި އަނބުރާ ދީފި އެވެ. އެކުއްޖާ ބަލައިލިއިރު ޗެކުގައި ސޮއިކުރާ ތަނުގައި ލިޔެފައި އޮތެވެ: "ލޯބިވާ ފާތުމަ"