30 Oct 2017, 08:43
ކަރަން ޖޯހަރުގެ ފިލްމް "އޭ ދިލް ހޭ މުޝްކިލް" ރިލީޒްކޮށްފައިވާތާ އެއް އަހަރު ފަހުން އެ ފިލްމާ ބެހޭ ބައެއް ސިއްރުތައް، ކަރަން ބެލުންތެރިންނާ ހިއްސާކޮށްފި އެވެ.
ކަރަން ބުނީ އެންމެ ފުރަތަމަ ފިލްމަށް ކިޔަން ހަމަޖެހުނީ "އޭ ދިލް" ކަމަށާއި ނަމަވެސް ފިލްމްގެ ޝޫޓިން އެއްކޮށް ނިންމާލުމަށްފަހު ފިލްމާ އެންމެ އެކަށީގެންވަނީ "އޭ ދިލް ހޭ މުޝްކިލް" ކަމަށްވުމުން ފިލްމުގެ ނަން ބަދަލުކޮށްލީ ކަމަށެވެ. ފިލްމުގައި ދައްކުވައިދޭ ކަންތައްތައް ފިލްމުގެ ނަމާ ގުޅޭ ކަމަށް ވެސް ކަރަން ބުންޏެވެ.
ފިލްމުގައި ސައިފް އަލީ ހާން މުހިއްމު ރޯލެއް ކުޅެން ހަމަޖެހިފައިވީ ނަމަވެސް ސައިފަށް ފިލްމުގެ ރޯލު ނުކުޅެވުނީ އެ ދުވަސްކޮޅު އޭނާއަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭނާއަށް ފިލްމު ނުކުޅެވުމުން ސައިފްގެ ރޯލް ޝާހްރުކްހާނަށް ދިނީ ކަމަށް ކަރަން ބުންޏެވެ.
ފިލްމުގެ ރިލީޒު ކުރުމުގެ ކުރިން ޝޫޓް ކުރި ހަތް ޝޮޓް ފިލްމުން ޑިލީޓްކޮށްފައިވާ ކަމަށާއި އެ ފިލްމް "ފޯލްޓް އިން އަވާ ސްޓާސް" އާއި ކުޑަކޮށް ވައްތަރު ވާނެ ކަމަށް އޭނާ ބުންޏެވެ.
ބޮޑެތި ގޮންޖެހުން ތަކަކާއެކީ ނަމަވެސް އެ ފިލްމަށް ވަނީ ބެލުންތެރިންގެ ތަރުހީބު ލިބިފައެވެ. ފިލްމަށް ވަނީ 110 ކުރޯޑު ރުޕީސް ލިބިފައެވެ.