29 Oct 2017, 10:43
އައްޑޫސިޓީގެ އީކުއޭޓާ ވިލެޖުން: ޖަޒްލާން މުހައްމަދު
ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގައި 24 އެވޯޑެއް ރާއްޖެއަށް ލިބިއްޖެ އެވެ. މިކަން އިއުލާންކުރީ އައްޑޫ ސިޓީގެ އީކުއެޓާ ވިލެޖުގައި ރޭ ބޭއްވި ސަޓާ ގާލާ އެންޑް އެވޯޑްސް ހަފްލާގަ އެވެ.
ޖުމްލަ 40 ކެޓަގަރީއަކަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ނޮމިނީސްއާ ވާދަކުރި މި އަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖޭގެ 24 ފަރާތަކަށް އެވޯޑް ލިބުނު އިރު، އެވޯޑްގައި ވާދަކުރި ސްރީލަންކާ އަށް ހަތަރު އެވޯޑެއް އަދި އިންޑިއާ އަށް ހަތް އެވޯޑެއް ވަނީ ލިބިފަ އެވެ.
ނަމަވެސް ރޭގެ ރަސްމިއްޔާތުގައި ލީޑިން ބިޒްނަސް ހޮޓެލް އެންޑް ރިސޯޓްސް އާއި ލީޑީން އެފް އެންޑް ބީ ހޮޓެލް އެންޑު ރިސޯޓްސްގެ އިތުރުން ލީޑިން އިކޯ ހޮޓެލް އެންޑް ރިސޯޓްސްގެ ސަރަހައްދީ ގޮތުންދޭ އެވޯޑު ދީފައެއް ނުވެ އެވެ. ނަމަވެސް އެ ގައުމަކުން އެ އެވޯޑާ ވާދަކުރެއްވި ފަރާތްތަކަށް ވަނީ އެވޯޑް ހަވާލު ކޮށްދީފަ އެވެ.
ސަޓާގެ ސަރަހައްދީގޮތުން ރާއްޖެއަށް ލިބުނު އެވޯޑްތަކަކީ:
ލީޑިން އެއާޕޯޓް ހޮޓެލް: ހުޅުލެ އައިލެންޑް
ލީޑިން ވެލްނެސް އެންޑް ސްޕާ ބްރޭންޑް: އަރާމު ސްޕާ
ލީޑިން ސާފް ހޮޓެލްސް: ސިނަމަން ދޮންވެލި
ލީޑިން އޯލް އިންކްލޫސިވް ހޮޓެލް އެންޑް ބްރޭންޑް: ލަކްސް މޯލްޑިވްސް
ލީޑިން ވެލްނަސް އެންޑް ސްޕާ: ޖުމެއިރާ ވިއްޓަވެލި
ލީޑީން އެޑްވެންޗާ ސްޕޯޓްސް ސާވިސް ޕްރޮވައިޑާ: ކިއު އެޑްވެންޗާސް
ލީޑީން އެކްޓިވިޓީ ވޯޓާ ސްޕޯޓްސް ސެންޓަރު: ބެސްޓް ޑައިވްސް މޯލްޑިވްސް
ލީޑީން ޓުއާ އޮޕަރޭޓާސް: އިނާ މޯލްޑިވްސް ހޮލިޑޭސް
ލީޑީން ޑޮމެސްޓިކް ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ (އެއާ): މޯލްޑިވިއަން
ލީޑީން ޕީއެސްއޭ ސާވިސް ޕްރޮވައިޑާ: ވޮޔޭޖަސް މޯލްޑިވްސް
ލީޑީން ޖީއެސްއޭ ސާވިސް ޕްރޮވައިޑާ: އޭސް އެއާލައިން
ލީޑީން ލީޑިން ލިވަބޯޑް ބްރޭންޑް: ވޮޔޭޖަސް މޯލްޑިވްސް
ލީޑީން ލިވަބޯޑް: ސްކޫބާ ސްޕާ ޔަންގް
ލީޑީން ލީޑން ޓްރެވަލް އެޖެންޓް: ވޮޔޭޖަސް މޯލްޑިވްސް
ލީޑީން ޑައިވް ސެންޓަރު: ޑައިވް އޯޝަން
ލީޑީން ބުކެޓް ހޮޓެލް އެންޑް ރިސޯޓް: އަމިއްލަ ފުށި
ލީޑީން ލީޑިން ގެސްޓްހައުސް ޓޫރިސްޓް އިން: ރެވެރީސް ޑައިވިން
ލީޑީން ޑައިވް ހޮޓެލް: އަދާރަން ސެލެކްޓް މީދުއްޕަރު
ލީޑިން ފެމިލި ހޮޓެލް އެންޑް ރިސޯޓްސް: ސަން އައިލެންޑް ރިސޯޓްސް އެންޑް ސްޕާ
ލީޑީން ލަގްޒަރީ ހޮޓެލް އެންޑް ރިސޯޓްސް: ސޮނެވާ ޖާނި
ލީޑީން ރޮމޭންޓިކް ހޮޓެލް: ޖުމއެއިރާ ވިއްޓަވެލި
ލީޑީން ޑިޒައިނާ ހޮޓެލް އެންޑް ރިސޯޓްސް: ކޮކޫން މޯލްޑިވްސް
ލީޑީން ބީޗް ހޮޓެލްސް އެންޑް ރިސޯޓްސް: ސަމާ އައިލެންޑް
ލީޑީން ލީޑިން މާކެޓެޑް ހޮޓެލް އެނޑް ރިސޯޓް ބްރޭންޑް: އަދާރަން ރިސޯޓްސް
ފަތުރުވެރި ކަމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ އިންޑިއާ އަށް މިފަހަރު ވޭތުވެދިޔަ އަހަރާ ބަލާ އިރު ކުރިއެރުން އައިސްފައިވާކަން ފާހަގަ ކުރެވެ އެވެ. ވޭތުވެ ދިޔަ އަހަރު ސަރަހައްދީގޮތުން ވާދަކޮށް އިންޑިއާއަށް ތިން އެވޯޑެއް ލިބިފައިވީ ނަމަވެސް މިފަހަރު އިންޑިއާއަށް ވަނީ ހަތް އެވޯޑެއް ދީފަ އެވެ. އޭގެ ތެރޭގައި:
ލީޑީން ލީޑިން ހައުސްބޯޓް: ސްޕައިސް ރޫޓްސް ލަގްޒަރީ ކުރޫޒް
ލީޑީން ހައުސްބޯޓް ބްރޭންޑް: ސްޕައިސް ރޫޓްސް ލަގްޒަރީ ކުރޫޒް ސަފަރޯން
ލީޑީން މީޓިން އެންޑް ކޮންވެނެޝަން ސެންޓާ: ބީއެމްއައިސީއެޗް
ލީޑީން ހިލް ހޮޓެލް އެންޑް ރިސޯޓްސް: ކަރްމޭލިއާ ހެވަން ރިސޯޓްސް އެންޑް ސްޕާ
ލީޑީން ހެރިޓޭޖް ހޮޓެލް އެންޑް ޕެލަސް: ތާޖް ވެސްޓް އެންޑް
ލީޑީން މީޓިން އެންޑް ކޮނަފަރެންސް ހޮޓެލް: ކޮންފުލުއެންސް ބެންކުއެޓްސް އެންޑް ރިސޯޓްސް
ލީޑީން ސިޓީ ހޮޓެލް: ތާޖް ވެސްޓް އެންޑް
މިދިޔަ އަހަރު ސްރީލަންކާ އިން ސައުތު އޭޝިއާގެ ސަރަހައްދީ އެވޯޑު ބައިގަ ވާދަކޮށް އަށް އެވޯދެއް ހޯދައިފަވީ ނަމަވެސް މި އަހަރުގައި އެ އަދަދު ވަނި ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު ސަޓާގެ އެޑުގައި ރާއްޖެއާ އެންމެ ބޮޑަށް ވާދަކުރި ގައުމަކަށްވީ ވެސް ސްރީލަންކާ އެވެ. ނަމަވެސް މިފަހަރު ސްރީލަންކާ އަށް ސަރަހައްދީ އެވޯޑުން ލިބުނީ ހަތަރު އެވޯޑެވެ.
ސްރީލަންކާ އަށް ލިބުނު ސަރަހައްދީ އެވޯޑުތައް:
ލީޑީން ޓްރެވަލް ޓެކްނޮލޮޖީ: މޭކްޔުއާޓްރިޕް ޑޮޓް ކޮމް
ލީޑީން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ ލޭންޑް: ކެސަންސް ރެންޓް އަ ކާ
ލީޑީން ލޭކް ހޮޓެލް އެންޑް ރިސޯޓްސް: ސިނަމަން ސިޓަޑެލް
ލީޑީން ސީއެސްއާރް ޕްރޮގްރާމް: ރޯޔަލް ޕާމް ބީޗް ހޮޓެލް
މިފަހަރު މުޅިން އަލަށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގައި ވާދަ ކުރި ނޭޕާލް އަށް ސަރަހައްދީ އެވޯޑުގައި ވާދަކޮށް ލިބިގެންދިޔަ އީ ދެ އެވޯޑެވެ.
ނޭޕާލުން ލިބުނު ސަރަހައްދީ އެވޯޑުތައް:
ލީޑީން ވައިލްޑްލައިފް ހޮޓެލް އެންޑް ރިސޯޓްސް: ބަރާހި ޖަންގަލް ލޮޖް
ލީޑީން އެޑްވެންޗާ ހޮޓެލް އެންޑް ރިސޯޓްސް: ޖަގަތްޕޫރް ލޮޖް ބައި އަންނަޕުރްނާ
މިފަހަރު އަލަށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑުގައި ވާދަކުރި ބޫޓާނަށް ސަރަހައްދީ އެއްވެސް އެވޯދެއް ލިބިފައެއް ނުވެ އެވެ.
ބޮޑުބެރާއި ދިވެހި ސަގާފީ ބައެއް ހަރަކާތްތަކާ އެކު ރޭ ބޭއްވި ފުރިހަމަ ގާލާ ހަފްލާގައި ހަތް ދާއިރާއަކުން ވިޒިޓާސް ޗޮއިސް އެވޯޑް ވެސް ދީފައިވެ އެވެ. އެގާރަ ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކުން އެވޯޑް ގެންދިޔައީ ރާއްޖޭންނެވެ.
ސަޓާގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފަ ވަނީ ސަން އޮންލައިން އެވެ.