ބޭނުންވާތަކެތި

5 ޖޯޑުބަތް
1 ޖޯޑު ފެހިތޮޅި )ގްރީން ބީންސް ތުނިކޮށް ކޮށާފައި(
1 ފިޔާ )ކޮށާފައި(
1 ކެރެޓް )ކުދިކޮށް ހަތަރެސްކަނަށް ކޮށާފައިހުރި(
1 ޖޯޑު ބޭބީ ކޯން )ކޮށާފައި(
2 ފެހި ތޮޅި މިރުސް )ހަނިކޮށް ފަޅިފަޅިކޮށްފައި(
1 ފެހި ޓޮމާޓޯ )ކޮށާފައި(
2 ހިކަނދިފަތް
4 ރާނބާފަތްކޮޅު )ބައި އިންޗިއަށް ބުރިކޮށްފައިހުރި(
2 /1 ސައިސަމުސާ އަޖިނަމޮޓޯ
ލޮނުކޮޅެއް
ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަތެޔޮފޮދެއް އަޅާލާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ، ކެރެޓް ، ތޮޅި، މިރުސް، ހިކަނދިފަތް، ރާނބާފަތް، އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވީމާ ބަތްފިޔަވައި ބާކީހުރިހުރިހާ ބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން ބަތްއެއްކޮށްލާށެވެ.