03 Aug 2011, 00:29
އެމެރިކާގެ އޮހިއޯ ސްޓޭޓްގެ ހައިވޭއެއްގެ މަތިން ފުލުހުން ހޮވި ފައިސާގެ އަދަދު އެއްދުވަހެއްގެ ތެރޭގައި 21000 ޑޮލަރަށް އަރާފައިވާ ކަމަށް އޮހިއޯގެ ޑެލްވެއާ ސިޓީގެ އޮފިޝަލުން ބުނެފިއެވެ.
ކޮލަމްބަސް ސިޓީގެ އުތުރުގައިވާ އެ ސިޓީގެ އޮފިޝަލުން ހޮވާފައިވާ ފައިސާގެ އަދަދު ހާމަނުކޮށް، އެފައިސާ ހޯދަން ބަޔަކު އާދޭތޯ ފަސް މަސް ދުވަސް ވަންދެން ބެހެއްޓުމަށް ފަހު އެފައިސާ މިހާރު ވަނީ ޑެލްވެއާގެ ޖެނެރަލް ފަންޑަށް ހަދިޔާކޮށްފަ އެވެ.
އެފައިސާ ބޭނުންކުރާނެ ގޮތެއް އަދި ނިންމާފައި ނުވާކަމަށް ސިޓީ ކޮމިއުނިޓީ އެފެއާޒް ކޯޑިނޭޓާ ލީ ޔޯކްމެންޓް ވިދާޅުވެފައި ވެއެވެ.
އެފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު އަތުން ދޫވެފައިވާ ފައިސާ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. – ރޮއިޓާސް / ނަސީމް