އެމެރިކާގެ ލޫސިއާނާގެ އިރުދެކުނުގައިވާ ހައިވޭއެއްގައި ދުއްވަމުން ދިޔަ ޓްރަކަކަށް އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން އަރައި އޭގައި އިން އަށް އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކުރަން ޖެހިއްޖެ އެވެ.

ދެ ސްޓޭޓް ދެމެދުގައިވާ ހައިވޭއެއްގައި ކުޑަކުޑަކުއްޖަކު ބޮޑު ޓްރަކެއް ދުއްވަމުންދިޔަ ކަން ފުލުހުންނަށް އެނގުނީ އެމަގުން ދުއްވާފައި ދިޔަ މީހަކަށް އެކަން ފާހަގަ ވެގެން ފުލުހުންނަށް އެންގުމުންނެވެ.

ލޫސިއާނާ ސްޓޭޓްގެ ފުލުހުން ޓްރަކް ހިފެހެއްޓިއިރު އޭގެ ޑްރައިވަރު ސީޓްގައި އަށް އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް އަދި ފަހަތު ސީޓްގައި އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެނުން ކުއްޖަކު ބައިންދައިގެން އުމުރުން 28 އަހަރުގެ ބައްޕަ ބިލީ ޖޯމެޑެން އޮތީ ޓްރަކްގެ ކުރީގައިވާ ޕެސެންޖަރް ސީޓްގައި ނިދާފަ އެވެ.

ލޫސިއާނާ ފުލުހުން ބުނާ ގޮތުގައި މިސިސީޕީ ސްޓޭޓްގެ ހެއިޓީސް ބާގްއަށް ނިސްބަތްވާ ބިލީ ނިދާފައި އިނީ ރާބޮއިގެނެވެ.
ބިލީގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭނާ މިހާރު ޖަލަށްލާފައިވާ ކަމަށާއި އޭނާގެ ދެ ކުދިންނާ ހަވާލުވާން އާއިލާގެ މީހަކު އަންނަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބވާފައި ތިބި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.