އެއިޑްސް ޖެހިފައިވާ އިޓަލީގެ މީހަކު 30 އަންހެނަކާއެކީ އެއްވެސް ހުރަހެއް ނެތި ޖިންސީ ގުޅުން ހިންގައި އެ މީހުންނަށް އެ ބަލި ޖެއްސިކަން ސާބިތުވުމުން، އޭނާ 24 އަހަރަށް ޖަލަށް ލައިފި އެވެ.

ތިރީސް ތިން އަހަރުގެ އެކައުންޓެއްޓެއް ކަމަށްވާ ވެލަންޓީނޯ ތަލޫތޯ ސޯޝަލް ނެޓްވާކް މެދުވެރިކޮށް ވަނީ އެތައް އަހަރުތަކެއް ވަންދެން އެތަކެއް އަންހެނުންނަކާ ރަހުމަތްތެރިވެ، ގިނަ އަންހެނުންތަކަކާ އެކު ގުޅުން ހިންގައިފަ އެވެ. އިޓަލީގެ ފުލުހުން ބުނާ ގޮތުގައި އޭނާ ވަނީ 53 އަންހެނުންނާ އެކު އެގޮތަށް ޖިންސީ ގުޅުން ހިންގައިފަ އެވެ.

ވެލަންޓީނޯގެ ޝަރީއަތުގައި އަންހެނަކު ވަނީ އޭނާދެކެ ލޯބިވާ ކަމަށް ބުނެ ޖިންސީގުޅުން ހިންގަން ވެލަންޓީނޯ ހައްލާލި ގޮތުގެ ވާހަކަ ކިޔައިދީފަ އެވެ.

އަދި ޖިންސީ ގުޅުން ހިންގި އިރު ހުރަސް ބޭނުންކުރަން އެދުމުން ވެލަންޓީނޯ އޭނާ ހުރަހަށް އެލާޖިިކް ކަމަށާއި އަދި އެޗްއައިވީ އަށް ޓެސްޓުކޮށްފައިވާ ކަމަށް ބުނި ކަމަށް އަންހެނަކު ޝަރީއަތުގައި ބުންޏެވެ.

ވެލަންޓީނޯގެ ޝިކާރައަކަށްވި ބައެއް އަންހެނުން ބުނި ގޮތުގައި އެމީހުންނަށް އެއިޑްސް ޖެހިފައިވާ ކަން އެނގުމުން ވެލަންޓީނޯއާ އެކަމާ ސުވާލުކުރި އެވެ. އެހެން ނަމަވެސް އެއިޑްސް ބަލި ޖެހިފައިވާ ކަމަށް ވެލެންޓީނޯ އިންކާރުކޮށްފައިވާ ކަމަށް ވެސް ވެލަންޓީނޯ ބުންޏެވެ.

އެނެއްބައި އަންހެނުންނަށް އެމީހުންނަށް ވެލެންޓީނޯގެ ފަރާތުން އެއިޑްސް ޖެހިފައިވާކަން އެނގުނީ ވެލަންޓީނޯ ހައްޔަރުކުރި ހިސާބުންނެވެ.

ވެލަންޓީނޯގެ ޝިކާރައަށްވެފައި ވަނީ ގިނައިން ކިޔަވާކުދިންނެވެ. އެގޮތުން އޭނާގެ ޝިކާރައަކަށްވީ މީހުންގެ ތެރެއިން އެންމެ ހަގީ 14 އަހަރުގެ އަންހެން ކުއްޖެކެވެ.