28 Oct 2017, 11:06
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރަށް ތައިމޫރު އަލީ ޚާން ލިބުނުތާ ނުވަ މަސް ދުވަސް ފަހުން ބަތަލާ ކަރީނާ ކަޕޫރު ވަނީ އަލުން ފިލްމު ކުޅެން ފަށާފައިވީ ނަމަވެސް މިހާރު އޭނާ ވަނީ ދަރިފުޅަށް ވަގުތު ދިނުމުގެ ބޭނުމުގައި ފިލްމީ ދާއިރާ އިން ބްރޭކެއް ނެގުމަށް ނިންމައިފަ އެވެ.
"ދަރިފުޅަށް ވަގުތު ދިނުމަށް ބްރޭކެއް މިނަގަނީ، ވިހެއުމަށް ފަހު ނުވަ މަސް ފަހުން ފިލްމު ކުޅެން ދިޔައިން. އެއީ އެކަމަކު ބަނޑުބޮޑު ވުމުގެ ކުރިން ކުޅެން ފަށާފައި އޮތް ފިލްމެއް. އެ މަސައްކަތް ނިންމާލަން ޖެހޭނެއްނު. އެހެންވެ ބްރޭކްގެ މުއްދަތުގައި އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރާނަން. ޑިސެމްބަރު މަހު އެ ފިލްމްގެ ޝޫޓިންގް ނިންމަލުމަށް ފަހު ބްރޭކެއް ނަގާނީ،" އޭނާ ބުންޏެވެ.
ކަރީނާ ބުނީ ދެން ކުޅޭނެ ފިލްމަކާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރާނީ ނަގާ ބްރޭކްގެ ފަހުން ކަމަށެވެ.
އެ ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި 18 ވަނަ ދުވަހުގަ އެވެ.
ކަރީނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ 2016 ވަނަ އަހަރު ނިކުތް "އުޅުތާ ޕަންޖާބް" އާއި "ކީ އެންޑް ކާ" އެވެ.