28 Oct 2017, 10:34
އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުން: ޖަޒްލާން މުހައްމަދު
ސަޓާގެ ފުރަތަމަ އިވެންޓް ގެ ގޮތުގައި "އޮޕަޗުނިޓީ އެންޑް ކޮންވަޒޭޝަން ނެޓްވާކިން" ބައްދަލުވުން ބާއްވައިފި އެވެ. ސަޓާގެ ބައިވެރިންނާއެކު އިއްޔެ މި އިވެންޓް ފަށާފައިވަނީ އައްޑޫސިޓީގެ އީކުއޭޓާ ވިލެޖްގައެވެ.
މި އިވެންޓުގައި ވަނީ ސަރަހައްދީ އެއާލައިން ތަކާ، ހޮޓާ ތަކާއި ރިސޯޓް ތަކާއި އަދި އެނޫންވެސް ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ބައިވެރިވެފަ އެވެ.
އިއްޔެގެ އިވެންޓުގައި ވާހަކަދައްކަވަމުން ސަޓާގެ ވައިސް ޕްރެޒިޑެންޓް އިންޑާއާ، ސޫރަޖް ހާން ވިދާޅުވީ، ސަޓާ އެވޯޑް އަހަރަކަށް ވުރެ އަހަރެއް ކުރިއަރުވަން މަސައްކަތް ކުރައްްވާ ކަމަށާއި މިދިޔަ އަހަރު ތިން ގައުމަކުން އެ އެވޯޑްގައި ބައިވެރިވެފައި ވީނަމަވެސް މި އަހަރު އެ އެވޯޑްގައި ފަސް ގައުމަކުން ބައިވެރިވެފައިވާ ކަމަށެވެ.
ސަޓާގެ ހުރިހާ ޕާޓްނަރުންނަށް އިއްޔެ ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
އިއްޔެގެ ނެޓްވާކިން ބައްދަލުވުމަށްފަހު ސަޓާ ފެސްޓިވަލް ގައި މިއަދު ކުރިއަށްދާނީ އައްޑޫގެ ކަނބަލުން އިސްނަގައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އައިލެންޑް ފެސްޓިވަލްގެ ނަމުގައި ބާއްވާ ފެސްޓިވަލް އެކެވެ.
ސަޓާ އިވެންޓު އިންތިޒާމްކުރާ ފަރާތްކަމަށްވާ ހައިރައިޒްއިން ބުނިގޮތުގައި މި ފެސްޓިވަލްގައި އައްޑޫގެ އުފެންދުންތެރިކަން ދައްކާލައި، އާޓް އެންޑް ކްރާފްޓްސްގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.
ސަޓާގެ މައުލޫމާތުތައް އާންމުންނާއި ހަމައަށް ގެނެސްދޭ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަން އޮންލައިން އެވެ.