27 Oct 2017, 19:04
ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާއި އުރީދޫއިން ބައިވެރިވެ، އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ޚާއްސަ އިނާޔަތްތައް ދިނުމުގެ ގޮތުން އަގޯޑާއާއެކު އުރީދޫއިން އެއްބަސްވުމެއް ގާއިމް ކޮށްފިއެވެ.
މިހާރު އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައި ކުރިއަށްދާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017 (ސަޓާ) ގެ ބައިވެރިންގެ ނެޓްވާކިން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، އަގޯޑާ އާއެކު ވެވުނު ޕާޓްނާޝިޕްގެ ދަށުން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އަގޯޑާއިން ބުކިން ހައްދައިގެން 50 ޕަސެންޓްގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.
ނަޖީބް ޚާން ވިދާޅުވީ، ޓޫރިޒަމް އަދި ހޮސްޕިޓާލިޓީގެ ދާއިރާއާއި ޓެކްނޮލޮޖީގެ ދާއިރާ އަކީ ވަކި ނުކުރެވޭނެ ދެ އެއްޗެއް ކަމަށެވެ. އަދި އުރީދޫގެ އަމާޒަކީ ޓޫރިޒަމާއި ހޮސްޕިޓާލިޓީގެ ދާއިރާގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކީގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖީބް ވިދާޅުވީ، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތްތަށް ފޯރުކޮށްދީ އިތުރު މަންފާ ތަކާއި ތަޖުރިބާތަކަށް މަގުފަހިކޮށްދިނުން ކަމަށެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ސަޓާގެ ފެސްޓިވަލްގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ.