ރާއްޖެ އަށް ހެރޮއިން އެތެރެކުރަން އުޅުނު ޕާކިސްތާނު ފިރިހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައި އެމީހާ ފުލުހުންނާ ހަވާލުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ ހެރޮއިން ރާއްޖެ އެތެރެ ކުރަން އުޅުނީ ޕާކިތާނުގެ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. ކަސްޓަމްސް އިން އެމީހާގެ ލަގެޖް ބަލާ ފާސްކުރީ އޭނާ އުޅުނު ގޮތުން ޝައްކު ކުރެވިގެން ކަމަށް ބުންޏެވެ.

އެމީހާ އެތެރެކުރި ހެރޮއިންގެ ބަރުދަނުގައި 427 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެމައްސަލައިގެ އިތުރު ތަހުގީގަށް މަސްތުވާތަކެއްޗާ އެކު އެމީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.