27 Oct 2017, 09:59
ޕެންސުލްވޭނިޔާގެ އަންހެނަކު އޭނާގެ 94 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ސްކައިޑައިވްކޮށްފި އެވެ.
އެއިލާ ކޭމްޕްބެލް ނަމަކަށް ކިޔާ މި މީހާ އާއެކު އޭނާގެ މާމަ ދަރިފުޅަކާ މުނި މާމަ ދަރިއަކުވެސް ބައިވެރިވިއެވެ. އެއިލާ ބުނީ އުފަންދުވަސް ފާހަގަ ކުރުމަށް މިފަދަ ކަމެއް ކުރީ ދެން ދުނިޔޭގައި މާ ގިނަ ދުވަހު ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭތިއްޔާއި، މަރުވުމުގެ ކުރިން މިފަދަ އާދަޔާ ހިލާފު ހާއްސަ ކަމެއް ކޮށްލަން ބޭނުންވާތީ ކަމަށެވެ.
އެއިލާއާ އޭނާގެ ދެ ދަރިން ސްކައިޑައިވް ކުރީ އިންސްޓްރަކްޓަރެއްްގެ އިރުޝާދާއެކު އެވެ. އެއީ ވަރަށް ތަފާތު ކަމެއް ކަމަށާއި އަދިވެސް އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ސްކައިޑައިވް ކުރާނެ ކަމަށް އެއިލާ ބުންޏެވެ.
އެއިލާގެ އުމުރުގެ މީހަކު ސްކައިޑައިވް ކުރާތަން އަދި ނުފެންނަ ކަމަށް އޭނާގެ އިންސްޓްރަކްޓަރު ބުންޏެވެ. އެއިލާ ސްކައިޑައިވް ކުރީ 10000 މީޓަރު މަތިންނެނެވެ.