26 Oct 2017, 10:32
އިނގިރޭސި ލީގު ކަޕުން ހިތްދަތި ގޮތަކަށް ޓޮޓެންހަމް ހޮޓްސްޕާ ކެޓި އިރު ކުއާޓާ ފައިނަލްގެ ޖާގަ ޗެލްސީ އިން ކަށަވަރު ކޮށްފިއެވެ.
ޓޮޓެންހަމް އެ މުބާރާތުން ކެޓީ ރޭ ވެސްޓްހަމް ޔުނައިޓެޑާ ބައްދަލުކުރި މެޗުން 2-3 ލަނޑުން ބަލިވުމުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމް އިން ރަނގަޅަށް ކުޅުނުއިރު އެ ހާފް އެ ޓީމުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކުއެވެ. މި ދެ ގޯލު ޓޮޓެންހަމްއަށް ކާމިޔާބުކޮށްދިނީ މޫސަ ސިސޯކޯ އާއި ޑެލެ އަލީއެވެ.

އިނގިރޭސި ލީގު ކަޕްގައި ވެސްޓްހަމް އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން--
ނަމަވެސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަންދްރޭ އަޔޫ ވަނީ ދެވަނަ ހާފްގެ ކުރީކޮޅު ގޯލެއް ކާމިޔާބުކޮށް ވެސްޓްހަމް އަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން އަޔޫ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ވެސް އެއްވަރުކޮށްފައެވެ. މި މެޗުން ވެސްޓްހަމް މޮޅުވި ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮބިންޒޭ އޮގްބޮނާއެވެ.
ކުއާޓާ އަށް ޗެލްސީ ދަތުރުކުރީ އެވަޓަންއާ ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކޮށްގެންނެވެ. ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑުނެގީ ވެސް އެޓީމުންނެވެ. މި ގޯލު މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާއެވެ.

އިނގިރޭސި ލީގު ކަޕްގައި ޗެލްސީ އާއި އެވަޓަން ބައްދަލު ކުރި މެޗުގެ ތެރެއިން--
ޗެލްސީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި އެވަޓަން އިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެވަޓަން އިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ޗެލްސީގެ ކީޕަރު ވިލީ ކަބަލޭރޯއެވެ.
އެވަޓަން އިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 90 ވަނަ މިނެޓްގައި ވިލިއަން ވަނީ ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ. އެވަޓަންގެ ހަމައެކަނި ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ކަލްވާޓް ލެވިންއެވެ.