ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އާއި އިންޑީއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީ އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރަން އުޅޭ ކަމުގެ ހަބަރު އެ ދެތަރިން ދޮގުކޮށްފިއެވެ.

އެ ދެ ތަރިން އެ ވާހަކަ ދޮގުކޮށްފައިވަނީ އެ ދެތަރިން ކައިވެނި ކުރަން އުޅޭ ހަބަރު ފެތުރިފައި ވަނިކޮށެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ވެސް އެމީހުން ކައިވެނި ކުރަން އުޅޭކަމަށް ވަނީ ހަބަރު ފެތުރިފައެވެ.

އަމިއްލަ ބޭނުމަކަށް ކަމަށް ބުނެ ވިރާތު މިހާރު ވަނީ ޑިސެމްބަރަށް ޗުއްޓީ ނަގައިފައި ވީނަމަވެސް އެއީ ކައިވެނި ކުރުމަށް ނޫންކަމަށް އޭނާގެ ގާތް މީހެއް ބުންޏެވެ. އަނުޝްކާ ބުނީ ޒާތީ އެއްވެސް ވާހަކައެއް މީޑިއާ އާ ހިއްސާކުރަން ބޭނުންނުވާ ކަމަށާއި ނަމަވެސް އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރަން ނިންމާފައި ނުވާނެ ކަމަށެވެ.