ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރާ ކޮމެޓީން ވަނީ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނައިސް މިއަދު ެ. ބަޖެޓް ފާސްކުރީ އިދިކޮޅު ދެ މެންބަރުންގެ ވޯޓާ އެކު ޖުމްލަ 13 ވޯޓާއި އެކުއެވެ.

ބުރާސްފަތި ދުވަހަކީ އާންމުކޮށް މަޖިލިސް ބާއްވާ ދުވަހެއް ނޫނެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވާނީ ހަފްތާއަކު ތިން ދުވަހު އެވެ. އެއީ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހު އެވެެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސްކޮށްފައިވާއިރު އިދިކޮޅު މެންބަރުން ވަނީ ޖަލްސާ ްފައެވެ. އަދި ސަރުކާރައް ތާއިދުކުރާ މެންބަރުން ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގައި ހުރީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުން ހުރި ހިދުމަތްތަކެއް ދިނުމަށް ބޭނުންވާ ފައިސާ ކަމަށާއި އެހެންކަމުން ވީއެންމެ އަވަހަކަށް ބަޖެޓް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ މަޖިލީހަށް ޖުމްލަ އަދަދަކީ 493 މިލިއަން ރުފިޔާ އެވެ.

އޭގެ ތެރެއިން 26 މިލިއަން ބައި އިލެކްޝަންތަކަށް ކަނޑައަޅާފައިވާ އިރު ސިއްހީ ދާއިރާއަށް ދެމުންދާ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް 330 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ހިމަނާފައިވާ 40 މިލިއަން ރުފިޔާ އާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫއުތަކަށް ބޭނުންވާ 70 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ހަރަދުތަކަށް 27 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެއް މިދިޔަ އަހަރު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ބަޖެޓަކީ މިއަހަރަށް ލަފާކޮށް، ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން ފާސްކޮށްފިނަމަ، މިއަހަރަށް ދައުލަތުން ހަރަދު ކުރި ފައިސާގެ ޖުމްލަ އަދަދު 27.1 ބިލިއަނަށް އަރާނެ އެވެ.