25 Oct 2017, 17:01
ރ ހުޅުދުއްފާރުގައި އިމާރާތް ކުރި 500 މީހުންގެ ޖާގައިގެ މިސްކިތް މިއަދު ހުޅުވައިފިއެވެ.
މިއަދު މެންދުރު ނަމާދުގެ ކުރިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަަނުން ފަންޑުކޮށްގެން އެޅި މަސްޖިދުއް ނޫރު މިސްކިތުގެ މަސައްކަތް ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ 23 ގައެވެ. މި މިސްކިތުގެ މަސައްކަތް ނިންމާލާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހުއެވެ.