މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރާނީ ހއ. އިހަވަންދޫގައި ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައ ވިދާޅުވެފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ރަށަކީ މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަ ކުރުމުގެ ބޭނުމަކީ މުޖުތަމައުގައި މަސްވެރިން އަދާކުރާ ދައުރާއި މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ގއ. ގެމަނަފުށީގައެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.