02 Aug 2011, 15:17
ނ. މާޅެންދޫ މީހަކު ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ޕެކެޓް ތަކަކާއެކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެއަތޮޅު މަނަދޫގައި ގައިމުވެ ތިބޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ މާޅެންދޫ ފަރިމާގެ މުހައްމަދު ހަސަން 20، ކަމަށެވެ. މުހައްމަދު ހައްޔަރު މިދިއަ އާދިއްތަ ދުވަހު މާޅޭންދޫންނެވެ.
މާޅެންދޫ މުހައްމަދާ ބެހޭ ގޮތުން ފުލުހުން ބުނީ އޭނާ ހުއްޓުވައި ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅައި ފަތްޖަހާފައިވާ 47 ކަރުދާސް ކޮޅާއި ދެ ޕެކެޓްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވެސް އޭނާ އަތުން ފެނުނު ކަމަށެވެ. ނަމަވެސް މުހައްމަދު އަތުން ފެނުނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ކުޑަކަމުދާތަކެތި ޓެސްޓްރުމުން އޯޕީއޭޓްސް އަށް ޕޮޒިޓިވްވި މުހައްމަދުގެ މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ ތަފާތު ހަތަރު މައްސަލައެއްގައި ބްލެޓް ސައިޒްގެ ނުވަ ޕެކެޓާއި 50 ކުދި ރަބަރު ޕެކެޓް މާޅެންދޫން ފުލުހުން ހޯދި އެވެ. އެއެއްޗެއްސާއެކު މީހަކު ހައްޔަރެއް ނުކުރެއެވެ.